ޢިލްމީ ވިދާ އަލި ދަންމަރެކޭ
ޙިލްމު ލިބޭ މީ ފެން އާރެކޭ
ޚުލްޤު ވިމާތް ދިރުވާ ޒާރެކޭ
ސިލްމާ އަމާން ލިބިދޭ ބާރެކޭ
ޢިލްމުގެ ދޯދިން ޖަރީކުރާނޭ
ވީ. އައި. އެޗް. އެސް މީނޫރެކޭ
ސާބިތު ކަމުގައި އިތުބާރާ
މިތާ މަސައްކަތް ކުރަނީ ތެދޭ
ޤާބިލްވެ ނިކަން ކުރިއަށް ދާން
ލިބޭމެ ފުރްޞަތު އެންމެ އެދޭ
ލޯބި މި ޤައުމީ، މިމާތްވި ދީނީ
ރޫޙު އުފައްދާ މީ ހިޔަލެކޭ
ވީ އައި. އެޗް. އެސް މީ ނޫރެކޭ
ފަންނާއި ޢިލްމީ ހުނަރުތަކާ
ކުރަން ތަރައްޤީ އެދި މިތިބީ
ނަން ވިދުވާލަން ދުނިޔޭގައި
ފިދާވެ ޤުރްބާން ވާން މިތިބީ
ރަންވަނަ ޙާޞިލް ވެވޭނެ ގޮތުގައި
ޢިލްމު ލިބޭމީ ބުސްތާނެކޭ
ވީ. އައި. އެޗް. އެސް މީ ނޫރެކޭ